މާތްރަސްކަލާކޯއެވެ މިއަޅާއީ ނިކަމެއްޗަކީމެވެ މިއަޅާގެ މިދުޢާ އައްސަވާ އިޖާބަ ކުރައްވާށިއެވެ މިއަޅާގެ ހިތްވަނީ އިބަސުވާމީންގެ ކިބަފުޅަށް ވަކީލު ކުރެވިފައެވެ މިއަޅާގެ ފުރާނަ ޙިމާޔަތް ކުރައްވާށިއެވެ އިބަސުވާމީންގެއީ މިއަޅާގެ ކަލާނގެއެވެ އިބަސުވާމީންގެއަށް އިތުބާރުކުރާ މިއަޅާ ސަލާމަތް ކޮށްދެއްވާށިއެވެ މިއަޅާ ހުރިހާ ވަގުތަކު އިބަސުވާމީންގެ ނަންފުޅު ގަނެ ތިޔަފަރާތަށް ގޮވަމެވެ މިއަޅާއަށް ރަޙުމަތް ލައްވާށިއެވެ މިއަޅާގެ ހިތަށް އުފާވެރިކަން ދެއްވާށިއެވެ މިއަޅާގެ ފުރާނަ އިބަސުވާމީންގެ ކިބަފުޅަށް ވަކީލު ކުރަމެވެ އިބަސުވާމީންގެއީ މަޢާފުކޮށް ޢަފޫކުރައްވާ ކަލާނގެއެވެ އިބަސުވާމީންގެއީ ހެޔޮފުޅުވެ ވޮޑިގެންވާ ކަލާނގެއެވެ އަދި އިބަސުވާމީންގެ ނަންފުޅު ގަންނަ ކޮންމެ މީހަކަށް ލޯބިދެއްވާ ކަލާނގެއެވެ މިއަޅާގެ ދުޢާ އައްސަވާށިއެވެ މިއަޅާ ރަޙުމަތް އެދި މިރޯރުއިމުގެ އަޑުއައްސަވާށިއެވެ މިއަޅާގެ އުނދަގޫތަކުގެ ވަގުތުގައި މިއަޅާ އިބަސުވާމީންގެ ކިބަފުޅުން ދުޢާކޮށް އެދޭނަމެވެ އަދި އިބަސުވާމީންގެ މިއަޅާގެ ދުޢާ އިޖާބަ ކުރައްވާށިއެވެ އިބަސުވާމީންގެ ފަދަ އެހެން އެއްވެސްކަލަކު ނުވެއެވެ މުޣުޖިޒާތްތައް ދައްކަވާ ކަލާނގެއީ ހަމައެކަނި އިބަސުވާމީންގެއެވެ އިބަސުވާމީންގެއީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއް އުފެއްދެވި ކަލާނގެއެވެ އަދި އެހުރިހާ ޤައުމުތަކެއްގެ މީހުން އިބަސުވާމީންގެއަށް ސަޖިދަކޮށް އަޅުކަންކުރާނެއެވެ އަދި އިބަސުވާމީންގެ ނަންފުޅަށް އިޙްތިރާމު އަދާކުރާނެއެވެ އިބަސުވާމީންގެއީ މަތިވެރި ކަލާނގެއެވެ އިބަސުވާމީންގެއީ ހައިރާންވާފަދަ ކަންތައްތައް ކުރައްވާ ކަލާނގެއެވެ އެއީ ހަމައެކަނި ތެދު ކަލާނގެއަކީ އިބަސުވާމީންގެ އެވެ އިބަސުވާމީންގެ މަގު މިއަޅާއަށް ހާމަކޮށް ދެއްވާށިއެވެ އޭރުން އިބަސުވާމީންގެ ދައްކަވާ ގޮތާއި އެއްގޮތަށް މިއަޅާ އުޅޭނަމެވެ ދެބައިނުވާނެ ހިތެއް މިއަޅާއަށް ދެއްވާށިއެވެ އޭރުން އިބަސުވާމީންގެއަށް މިއަޅާ ބިރުވެތިވާނަމެވެ

hello dear friend

from Robert